ކަރަންޓް ކޭބަލްތަކެއް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި
ޔޫޝައު ހަސަން | 24 މެއި 2025

މާލޭގެ ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކުރި މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތަކެއް ބުރިކޮށްލުމުގެ ސަަބަބުން  ހަތް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން މިކަން ކުރި ށ. މިލަންދޫ، ނަސީމީވިލާ އިސްމާއިލް ސަލީމް ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެކުރިން ވެސް ސްޓެލްކޯ ސަބް ސްޓޭޝަންގެ ކޭބަލްތައް ބުރިކުރުމާއި ވަގަށް ނެގުމުގެ މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް