ފުލުފުލުހުގައި ދެ ސައިކަލާއި ކާރެއް ޖެހި ސިނަމާލެ ބްރިޖްމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓް ހިނގައިފައިވަނީ، ރޭ 9:48 ހާއިރު ބްރިޖްގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން ކަމަށާއި އެއީ ބްރިޖުން ދުއްވާފައި އައި ސައިކަލެއް މަޑުކުރުމުން ހަތަރު ސިގްނަލް ޖައްސައިގެން އޮތް ކާރެއްގައި ދެ ސައިކަލު ޖެހިގެން އަނެއް އެކްސިޑެންޓްވެސް ހިނގައިފައިވާކަމަށެވެ. އަދި އެވަގުތު ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން ދެވަނަ އެކްސިޑެންޓެެއްވެސް ހިނގައިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސް އިތުުރު އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މި އެކްސިޑެންޓްތަކުން އަނިޔާވި 3 މީހުނަށްވެސް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.