އޮޅު ހިޔާ ފެސިލިޓީ ހިންގައިދޭނެ ބަޔަކު ހޯދަނީ
ޔޫޝައު ހަސަން | 21 މެއި 2025

މާލެ ސަރަހައްދުގެ މަގުތައް މަތީގައި އުޅެމުން އަންނަ ބުޅާތައް ބެލެެހެއްޓުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން އިމާރާތްކުރި އޮޅު ހިޔާ ފެސިލިޓީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް އެ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

އެ ފެސިލިޓީ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، އޮޅު ހިޔާ ފެސިލިޓީ  1 (އެކެއް) އަހަރު ދުވަހަށް މިނިސްޓްރީއާ ގުޅިގެން ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި  މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އެގޮތުން މައުލޫމާތު ސާފު ކުރުމަށް އަންނަ ހޯމަ ދުވަހުގެ 11:00 އަށް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޖޫން 12 ވަނަ ދުވަހުގެ 13:00 އަށް ވެލާނާގެ 7 ވަނަ ފަންގިފިލާއަށް އައުމަށް އެ ވުޒާރާއަށް ހާޒިރުވުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އޮޅުހިޔާގެ ޝެލްޓާ ބައި މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވާއިރު ”އޮޅުހިޔާ“ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގެ ރިކަރަންޓު ހަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައެވެ.

އޮޅު ހިޔާ ފެސިލިޓީ ގާއިމްކޮށްފައި ހުންނަނީ ހުޅުމާލޭ ފޭސް 2ގައެވެ.

 

ގުޅުންހުރި ލިޔުންތައް