ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް މަހާޒްއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައިގައި އެ ދެބޭފުޅުން މަގާމުން ވަކިކުރުމާއި މެދު މިއަދުގެ މަޖިލިހުގެ ޖަލްސާގައި އެހި ވޯޓްގައި އަޒްމިރަލްދާ މަގާމުން ވަކި ކުރަން 67 މެންބަރުން ވޯޓު ދެއްވިއިރު އެކަމަނާ މަގާމުން ވަކިކުރުމަށް ނުފެންނަކަމަށް 11 މެމްބަރަކު ވޯޓުދެއްވިއެވެ. މިގެ އިތުރުން ފަނޑިޔާރު މަހާޒް މަގާމުން ވަކި ކުރަން 68 މެންބަރަކު ވޯޓު ދެއްވި އެބޭފުޅާ މަގާމުން ވަކިކުރަން ނުފެންނަކަމަށްވެސް 11 މެމްބަރަކު ވަނީ ވޯޓުދެއްވައިފައެވެ.
ގުޅުންހުރި ލިޔުންތައް