ފަނޑިޔާރަކަށް ހަމަލާ ދިން މީހަކު ބަންދުކޮށްފި
ޔޫޝައު ހަސަން | 14 މެއި 2025

ކޯޓެއްގެ ފަނޑިޔާރަކަށް ހަމަލާދިން މައްސަލައެއްގައި 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި އިއްޔެ ބަންދުކުރުމަށް އަމުރުކުރި މި މީހާ ބަންދުކުރީ  ކޮން ފަނޑިޔާރަކަށް ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.

އޭނާއަކީ މި ބާވަތުގެ ކުށްތަކުގެ ރިކޯޑު އޮތް މީހެއްކަން ކޯޓު އަމުރުން އެނގެއެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ އެއް ފަނޑިޔާރަކަށް އެ މީހާ ހަމަލާދިން ދެވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް