ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަތް ބުރިވެއްޖެ
ޔޫޝައު ހަސަން | 14 މެއި 2025

ނ. އަތޮޅުގައި ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އެ މީހާގެ އަތް ބުރިވެއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 10:30ހާއިރު ފުލުހުންނަށް ރިޕޯޓްކުރި މި ހާދިސާގައި އަތް ބުރިވެފައިވަނީ،  އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެއެވެ.

މި ހާދިސާފައި އެމީހާގެ ކަނާއަތުގެ އުޅަނބޮއްޓާއި ހިސާބުން ބުރިވެފައި ވާކަމަށާއި އަދިވެސް އިތުރު އަނިޔާތަކެއް ލިބިފައި ވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާދިނުމަށް އެ މީހާ  މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް