ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
ޔޫޝައު ހަސަން | 13 މެއި 2025

ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ކާރަށް އެރުވި ފޮށިގަނޑުތައް ބަލައި ފާސްކުރި ކުރުމުން އޭގެ ތެރެއިން 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ ކާރު ޓޯވ ކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، މާލެ، އުމުރުން 46 އަހަރުގެ މުހައްމަދު އުޝާނެވެ.

ގުޅުންހުރި ލިޔުންތައް