ބްރޯޑްކޮމްއަށް ޒީނާ އައްޔަންކުރުމަށް ފާސްކޮށްފި
ޔޫޝައު ހަސަން | 13 މެއި 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު

ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީީނާ – ފޮޓޯ/މިނޫސް

އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްއަށް ޖުމުލަ 2 މެމްބަރުން އައްޔަން ކުރަން ހަމަޖެހިފައިވާއިރު  އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14 ނިޔަލަށް ހަމަވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އިއްޔެ ވަނީ 6 ބޭފުޅެއްގެ ނަން ފޮނުވައިފައެވެ.

އެގޮތުން  ކޮމިޓީން އިއްޔެ ވަނީ އެ ހަ ބޭފުޅުންގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ ފަސް ބޭފުޅުންގެ ނަންތައް ދިރާސާކުރައްވައިފައެވެ.

އެއީ:

  1. ޒީނާ ޒާހިރު – 85 އިންސައްތަ

  2. އާއިޝަތު ޝިޔާނާ – 83 އިންސައްތަ

  3. ޝިމްލާ އަހުމަދު – 82 އިންސައްތަ

  4. މޫސާ ރިލްވާން – 81 އިންސައްތަ

  5. ޒަމްއަތު އަހުމަދު ވަހީދު – 77 އިންސައްތަ

ބްރޯޑްކޮމްއަށް މެމްބަރުން އައްޔަން ކުރުމަށް ކޮމެޓީއަށް ފޮނުއްވި އިރު ރައީސް އިސްކަންދެއްވާ ތަރުތީބުގައި ޒީނާގެ ނަން އޮތީ ފަސްވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް