ޔުމްނު މައްސަަލައިގައި ތަންތަނަށް ގޮސް ކޮމިޝަނުން މައުލޫމާތު ނަގަންފަށައިފި
ޔޫޝައު ހަސަން | 11 މެއި 2025

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާުއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ގުޅުންހުރި ތަންތަނަށް ގޮސްގެން މައުލޫމާތު ނަގަން ފަށައިފިއެވެ.

މި މައްސަލަ ބެލުމަށް ރައީސްގެ ޤަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފަރާތުން މިއަދު އެކްސް މެދުވެރިކޮށް ހާމަކުރިގޮތުގައި އެ ކޮމިޝަންގެ މެންބަރުން ވަނީ މިއަދާ ހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.  އަދި, އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށްވެސް ކޮމިޝަންގެ އެކްސްގައި ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.

އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ، ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން، ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641، ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ، އާމިނަތު އީނާސް، ހ. ހަބަރުގެ އެވެ.

ގުޅުންހުރި ލިޔުންތައް