އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވެއްޖެއެވެ.
މަޝްހޫރު ސަންލޭންޑު ހޮޓެލްސް ކުންފުނީގެ ބާނީ މުހައްމަދު ނަޒީރު އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮން ބައްޔަކަށް ކަމެއް ސާފެއް ނޫނެވެ.
ނަޒީރު އަވަހާރަވުމާއި ގުޅިގެން މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
މުހައްމަދު ނަޒީރުގެ މުހައްމަދު ސަންލޭންޑް ކުންފުންޏަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރުގެ ތަޖުުރިބާ ލިބިފައިވާ ކުންފުންޏެކެވެ.
ގުޅުންހުރި ލިޔުންތައް