ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި 72 ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި
ޔޫޝައު ހަސަން | 10 މެއި 2025

އެކި އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދައުލަތުގެ އެކި ހިޔާތަކުގައި ބަލަހައްޓަމުން އައި ޖުމުލަ 72 ކުއްޖަކު އެކުދިންގެ އާއިލާތަކާއި ހަވާލުކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު, ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ވަޒީރު, ޑރ ޢާއިޝަތު ޝިހާމް ދެއްވި މެސެޖެއްގައި ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ތަސައްވުރުގެ ދަށުން  ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އިފްތިތާހްކުރި ’ކޮންމެ ކުއްޖަކަށް ޢާއިލާއެއް‘ ކެމްޕެއިންގެ ދަށުން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދީފައި ވާކަމަށެވެ.

މީގެ އިތުރުން ވަޒީރުގެ މެސެޖްގައި ވަނީ، ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި  ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތަކާއި އެ ގުޅުންތަކުގެ ސަބަބުން ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރަކީ މުހިއްމު ކަމެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް