މާލޭގައި ހުންނަ ތެލެސީމިޔާ ސެންޓަރު ގިނަ ދުވަސްވެ އެ އިމާރާތުގެ ހާލަތު ގޯސްވެ ވީރާނާވުމުގެ ސަބަބުން އެކަމަށް ހައްލު ގެނައުމުގެ ގޮތުން ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރި ތެލެސީމިޔާ ސެންޓަރުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
1994ގައި މާލޭގައި ހުޅުވި ތެލެސީމިޔާ ސެންޓަރު ބާވެ އެތަނުން އެންމެ އެދެވޭ ގޮތެއްގައި ޚިދުމަތް ނުދެވުމުގެ މައްސަލަތައް އިތުރުވެގެން ދާދި ފަހުން ތެލެސީމިޔާ ކުދިންގެ އާއިލާތައް އިހުތިޖާޖުވެސް ކޮށްފައިވެއެވެ. އެގޮތުން އ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާ އިތުރަށް ތަރައްގީކޮށް އެ ތަނަށް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ނުނިމި ލަސްވަމުން ދިއުމުގެ ސަބަބުން އެތަނުގެ މަސައްކަތް މިދިޔަ މާރިޗު މަހުން ފެށިގެން ކުރިއަށް ގެންދިޔައީ ސިފައިންނާއި ހަވާލުކޮށްގެނެވެ.
މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ދިމާކޮށް ސިފައިން ވަނީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ހެލްތް މިނިސްޓްރީއާއި ހަވާލިކޮށްފައެވެ.
އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.