ބޯހިޔާވަހިކަމުގެ ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި
ޔޫޝައު ހަސަން | 08 މެއި 2025

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ރައްޔިތުންގެ މަޖިލިހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި ބޯހިޔާވަހިކަމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހުރިހާ ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ ރައްކާތެރި އަދި އެކަށީގެންވާ ބޯހިޔާވަހިކަމަކަށް ވާސިލުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމުކުރާނެ އުސޫލުތައް ހިމެނޭހެން ހުށަހެޅި މިބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި ރައްޔިތުންގެ މަޖިލިހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ،  އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހުށަހެޅުމަށް އެދޭކަމަށެވެ.

ހިޔާލު ފޮނުވާނީ ގެދޮރުވެރިކަމުގެ  ކޮމިޓީގެ އީމެއިލް އެޑްރެސް، [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުންނެވެ.

ގުޅުންހުރި ލިޔުންތައް