ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެ
ޔޫޝައު ހަސަން | 07 މެއި 2025

އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެއްޖެއެވެ.

އެގޮތުން މާލޭގައި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ދެ ސަރަހައްދެއްގައި  ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

މާލެއަށް އަދިވެސް ބޯކޮށް ވާރޭވެހުމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

މިއަދު 6:30 އިން 11:30 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް