މިހާރަކަށް އައިސް ރާއްޖޭގައި ޑެންގޫ ޖެހިގެން މީހުން ރިޕޯޓްކުރާ މިންވަރު މައްޗަށް ގޮއްސައިވާތީ އެ ބައްޔާއި މެދު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު ޑެންގީ ޖެހިގެން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ އަދަދުތައް ވަނީ މައްޗަށް ގޮއްސައެވެ.
އެގޮތުން ޑެންގޫ ޖެހިގެން މިހާތަނަށް އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ،މާލެ ސަރަހައްދާއި ރ އަތޮޅާއި އއ އަތޮޅުގެ ހިސާބުތަކުން ކަމުގައި އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މާލެ ސަރަހައްދުން 134 ކޭސްއެއް މިހާތަނަށް ރިޕޯޓްކޮށްފައި ވާއިރު، ރ އަތޮޅުން 57 ކޭސް އަދި އއ އަތޮޅުން 40 ކޭސްއެއް ރިޕޯޓްކޮށްފައި ވާކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭއިން ވަނީ ޑެންގީ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަދިރިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.