ރޭ މާލޭގެ މަގެއްގެ މަތީގައި ހުރި 40 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ ރޭ 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިއާ ކައިރީގައި ކަމަށާއި މި ހާދިސާގައި ޒަޚަމްކޮށްލައިފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ޒަޚަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ގުޅުންހުރި ލިޔުންތައް