މ އަތޮޅު ރަތްމަންދޫ ރައްޔިތުން އެ އަތޮޅު އެހެން ރަށަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ރަތްމަންދޫގެ އާބާދީ މަދުވުމުންނާއި އެހެނިގެން ވަސީލަތްތައް މަދުވުމުގެ ސަބަބަން އެ ރަށު މީހުން އެ އަތޮޅު އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ރައީސަށް ޕެޓިޝަނެއް ހުށަހެޅިކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އެ ރަށުގެ މެޖޯރިޓީ ރައްޔިތުން ބޭނުންވާ ގޮތަށް އެހެން ރަށަކަސް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ރަށެއްކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.
ރަތްމަންދޫގެ ރަޖިސްޓްރީގައި 239 މީހުން ތިބިއިރު އެއީ 118 އަންހެނުންނާއި 121 ފިރިހެނުންނެވެ. ނަމަވެސް ދިރިއުޅެމުންދަނީ 100 އެއްހާ މީހުންނެވެ.
ގުޅުންހުރި ލިޔުންތައް