ބޭސް ލިބުން ދަތިވީ ވިޔަފާރިވެރިން ބޭސް ނުގެނައުމުން – ރައީސް
ޔޫޝައު ހަސަން | 03 މެއި 2025

މި ފަހަކަށް އައިސް އެކި އެކި ބަލިތަކަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބުން ދަތިވީ ބޭހުގެ ވިޔަފާރީ ކުރާ ފަރާތްތަކުން ބޭސް އެތެރެކުރުން ހުއްޓާލުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުން އެކަމުގެ ދަތިކަން ބޭސްތައް ލިބުމުގައި ކުރިމަތި ވި ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަ ހައްލުކުރުމަށް އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ އިތުރުން އެހެން ހުރިހާ ބޭހެއް ގެނެސް، އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް މިހާރު ފޮނުވައިފައިވާނެ ކަމުގައި ރައީީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި، ބާކީ ހުރި 308 ބޭހަށް އޯޑަރު ދީފައިވާ ކަމަށްވެސް ރަޢީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އަގު ކެޕް ކުރި ބައެއް ބޭސްތަކުން 15 ޕަސެންޓު އިތުރުކޮށްދީ، 77 ބޭހަކުން ބޭސް ގެންނަން ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް