ގައުމީ ވޮލީބޯޅަ މުބާރާތް – މުހިއްމު މެޗަކުން ފްލެކްސޯ ކައިރިން ޕޮލިސް ބަލިވެއްޖެ
ޔޫޝައު ހަސަން | 01 މެއި 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ގައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކްލަބުން ކުޅުނު ދެވަނަ މެޗްގައި ފެލްސްކޯ އަތުން 3 ސެޓް 1 ސެޓުން ބަލިވެއްޖެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރަންޖެހޭ އުސޫލުން ކުޅޭ ޤައުމީ މުބާރާތުގެ ގްރޫޕް ބުރުގައި ފްލެކްސޯއަތުން ބަލިވުމަކީ މުބާރާތުގައި ޕޮލިހަށް ގެއްލުނު މުހިއްމު މޮޅެކެވެ.

އިއްޔެ ހަވީރުގެ މެޗްކީ މިސީޒަންގައި ޕޮލިސް ކްލަބުގެ ފަރާތުން ފެނިގެެން ދިޔަ އެންމެ ދަށް މެޗްކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ވަރުބަލި ކަމާއެކު ގިނަ އަދަދެގެ ގޯސްތައް އިއްޔެ މެޗްގައި އެ ޓީމަށް ހެދުނުތަން ވަނީ ފެނިފައެވެ.

ޕޮލިސް އަދި ފްލެކްސޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

އޭގެ ފައިދާ ނަގައި ޕްލެކްސޯއިން ވަނީ ރަނގަޅު އެޓޭކްތަކަކާއި ޕޮލިހުގެ ވަރުގަދަ ހަމަލާތަކެއް ޑިފެންސްކޮށްގެން މުހިއްމު ޕޮއިންޓްތައް ނަގައިގެން ކުޅެފައެވެ.

ޕޮލިސް އަދި ފްލެކްސޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

މި މެޗްގެ ސެޓްތައް ފެލްކްސޯއިން ގެނެސްފައިވަނީ، 25 – 20 21- 25 ، 25 – 20 އަދި 25 – 23 ނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްލެކްސޯ ގެ ޖަރސީ ނަމްބަރު 8 ސަބައެއްގްބޭން އެވެ.

ގައުމީ މުބާރާތަށް ކޮލިފައިވެފައި ވަނީ މިދިޔަ ގައުމީ ލީގުގެ ގަދަ 4 ޓީމެވެ. އެއީ ލީގު ޗެމްޕިއަން ޕޮލިހުގެ އިތުރުން 2 ވަނަ ޓީމުގެ ގޮތުގައި ވެމްކޯ އަދި ތިންވަނަ ޓީމުގެ ގޮތުގައި ހުރާ ކޮމިއުނިޓީ ކްލަބް އަދި ހަތަރުވަނަ ޓީމުގެ ގޮތުގައި ފްލެކްސޯ ސްޕޯޓްސް ކްލަބެވެ. ހުރާ ޓީމާއި ފްލެކްސޯއަކީ މިއަހަރުގެ ސީޒަނަށް މުޅިން އަލަށް ކޮލިފައިވި ދެޓީމެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތަކެއް ކުރިއަށް ދާނެއެވެ. އެގޮތުން މިއަދު ހަވީރު ބައްދަލު ކުރާނީ ޕޮލިހާއި ފްލެކްސޯ އެވެ. އަދި މިރޭގެ މެޗްގައި ބައްދަލުކުރާނީ ވެމްކޯ އާއި ހުރާ ޓީމެވެ.

 

 

ގުޅުންހުރި ލިޔުންތައް