މާދަމާއިން ފެށިގެން މަސްވެރިންނަށްވެސް ލޯނު ދޫކުރަން ފަށަނީ
ޔޫޝައު ހަސަން | 30 އޭޕްރިލް 2025

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިނަށް ލޯނަށް ކުރިމަތިލެވޭ އުސޫލުގެ ދަށުން މާދަމާއިން ފެށިގެން މަސްވެރިންގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މާދަމާއިން ފެށިގެން މަސްވެރިންނަށް ހުޅުވާލާ ލޯނުގެ ދަށުން  ލޯނަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ ކަމަށެވެ.

އެގޮތުން އިންޓަނެޓް އަދި މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް މި ލޯނުތަކަށް ކުރިމަތިލެވޭނެއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ބޭންކް އޮފްމޯލްޑިވްސް (ބީއެމްއެލް) އާއިއެކި މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.

ގުޅުންހުރި ލިޔުންތައް