ދިވެއްސަކަށް އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް ރައީސް މުއިއްޒަށް!
ޔޫޝައު ހަސަން | 29 އޭޕްރިލް 2025

ދިވެއްސަކަށް އެރުވި ފުރަތަމަ ބައިނަލްއަގްވާމީ އޮންރަރީ ޑޮކްޓަރޭޓް ގެ ލަގަބު ރައީސް ޑރ މުހައްމަދު މުހައްމަދު މުއްޒަށް އަރުވައިފިއެވެ.

މި ޝަރަފު އެމަނިކުފާނަށް އެރުވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)ގެ ފަރާތުންނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒަކީ އައިއައިޔޫއެމުން ގްރެޖުއޭޓްވި ދަރިވަރެކެވެ.

ރައީސް ޑރ. މުއިއްޒަށް މި ޝަރަފް ދެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވަސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ޓުންކޫ އަޒީޒާ އައިމިނާއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިތުރުންވެސް މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން ގްރެޖުއޭޓްވެ، ރާއްޖޭގެ މަތީ މަގާމުތަކުގައި މިވަގުތު ވެސް ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވިއެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ސީއީއޯ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ހިމެނިވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް