މާލޭގައި މީހުން މޫދަށް އެރުމަށް މާފަންނުގައި ގާއިމްކޮށްފައިވާ އަރޓިފިޝަލް ބީޗް، ރަސްފަންނުގެ މޫދަށް ކަޅުތެޔޮ އެޅި މޫދު ތަޣައްޔަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވަނީ ރަސްފަންނުގެ މޫދަށް ކަޅު ތެޔޮ އެޅިގެން ލިބުނު ރިޕޯޓަކާއި ގުޅިގެން ބެލި ބެލުމުން އެ ސަރަހައްދުގެ ރާޅު ޖަހާ ހިސާބުގައި ކަޅު ތެޔޮ ހުރިކަން ފާހަގަކުރެވިފައި ވާކަމަށެވެ.
އެގޮތުން ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކުން އެކަން މެދުވެރިވުމަށް ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށާއި އަދި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ރަސްފަންނަނަށް ކަޅުތެޔޮ އެޅި ތަން ތަޣައްޔަރުވުމު މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
ރަސްފަންނަކީ މާލޭގެ މީހުން މޫދަށް އެރި ހިތްހަމަ ޖައްސާނެ ތަންތަން ގާއިމްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ތަރައްގީ ކުރެއްވި ތަނެކެވެ.
މާލޭގައި މޫދަށް އެރި އުޅުމަށް ހާއްސަ ކުރެވިގެން ދެ ތަނެއް އޮންނަ އިރު އެއީ ރަސްފަންނާއި އަރޓިފިޝަލް ބީޗެވެ.