ހުޅުމާލޭ ވިނަރެސް ފްލެޓްގެ އެޕަރޓްމެންޓަކުން ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 06:05 ހާއިރު ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން އެ އަދު އިވުނު އެޕަރޓްމަންޓަށް ފުލުހުން ގޮސް ބެލި އިރު އެތަނުގައި ހަބަރު ހުސްވެފައި އޮތް އަންހެނަކު އޮތް ކަމަށެވެ.
އެ އެޕަރޓްމަންޓުން ފެނިފައި ވަނީ 21 އަހަރުގެ އަންހެނެއްކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، ފުލުހުންނަށް ފެނުނު ވަގުތު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މި ވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި ލިޔުންތައް