ވިޔަފާރި ބޭނުންތަކަށް ބިމާއި އިމާރާތްތައް ގަންނަން ހާއްސަ ލޯނެއް ބީމެއްއެމްއިން ތައާރަފްކޮށްފި
ޔޫޝައު ހަސަން | 27 އޭޕްރިލް 2025

ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ބިމާއި އިމާރާތްތަކާއި އެފަދަ އެހެނިހެން ޖާގަތައް ގަންނަން އެހީއަކަށް (ބީއެމްއެލް)ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގް ފެސިލިޓީގެ ނަމުގައި ލޯނެއް ތައާރަފުކޮށްފިއެވެ.

އެގޮތުން 30 މިލިއަންރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކަކާއެކު ތައާރަފް ކުރި މި ފެސިލިޓީއަކީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުމުގެ ގޮތުން ގޮތުން ތައާރަފުކުރި ލޯނެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

އެގޮތުން މި ސްކީމުގެ ދަށުން  ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ފަދަ ތަންތަން ގަތުމަށް ބޭނުންވާ ފައިސާ ދޫކުރާ އިރު މި ޕްރޮޑަކްޓަކީ ވިޔަފާރި ފުޅާކުރުމަށާއި،އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ހައްލުކުރެވޭނެ ހެން ފަރުމާކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް