މިއަދު ފަށާ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ހުރިހާ މެޗެއް ރ. އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ރ. އަތޮޅުގެ ދިހަ ރަށަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕު އޭގައި ހިމެނެނީ ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، ވާދޫ އަދި އިނގުރައިދޫއެވެ. ގުރޫޕު ބީގައި ހިމެނެނީ އަލިފުށި، މާކުރަތު، ހުޅުދުއްފާރު، މީދޫ އަދި ދުވާފަރެވެ.
ކޮންމެ ދުވަހަކުވެސް މުބާރާތުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު 16:00 ގައި މުބާރާތް ފަށާނީ ރަސްމާދޫ އަދި ވާދޫ ބައްދަލު ކުރާ މެޗުންނެވެ. ދެވަނަ މެޗުގައި ހަވީރު 17:00 ގައި ބައްދަލުކުރާނީ އަލިފުށި އަދި ދުވާފަރެވެ. މިއަދުގެ ތިން ވަނަ މެޗުގައި މިރޭ 20:15 ގައި މަޑުއްވަރީ އަދި އިންނަމާދޫއެވެ.
މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ރ. އުނގޫފާރުގައެވެ.