ރިޒޯޓު ލީގު ރިޒޯޓު: ރ. ޒޯންގެ ޗެމްޕިއަންކަން ޖޯލި ބީންއަށް!
އެޑްމިން | 02 ނޮވެމްބަރ 2022

ރިޒޯޓު ލީގު ރ. ޒޯންގެ ޗެމްޕިއަންކަން ޖޯލި ބީންއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީންއިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ކޯރާކޯރާގެ މައްޗަށް 4 ލަނޑު 2 ލަނޑުން ކުރި ހޯަދައިގެންނެވެ. ޖޯލި ބީންއަކީ މިއަހަރުގެ މެއި މަހު މީދޫ ޖަމްޢިއްޔަތުއް ޞަލާހުން ބޭއްވި އެމްޖޭއެސް ރާބަދި ޗެލެންޖުގެ ޗެމްޕިއަން ޓީމްކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޯލި ބީންގެ ޖޯޒީ ނަމްބަރު 9 އިސްމާއިލް ނިހާންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށާއި އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އިސްމާއިލް ނިހާންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޖޯލި ބީންގެ، ހާޝިމް ޝަފީއު، މުޙައްމަދު ޝިފާއު، އިރުފާން މުޙައްމަދުގެ އިތުރުން ކޯރާކޯރާގެ މުޙައްމަދު އަޖުވަދު އަދި މުހައްމަދު މުނައްވަރު އެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޖޯލި ބީންގެ ކޯޗު މުޙައްމަދު ފުހައިދުއެވެ.

މި މުބާރާތުގައި ރ. އަތޮޅުގެ ހަތް ރިޒޯޓަކުން ވާދަކޮށްފައިވެއެވެ. މިއީ ރިޒޯޓު ލީގު ރ. އަތޮޅުގައި ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް