މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ، އިއްޔެ ރޭ ފަތިހު 5:15 ހާއިރު މާލޭ މަޖީދީ މަގުގައި ކަމަށާއި މި މަރާމާރީގައި އަނިޔާވެފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އެގޮތުން އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، އެ މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރި ކަމެއް އަދި ނުކުރާ ކަމެއް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.
ގުޅުންހުރި ލިޔުންތައް