ވިސާނެތި ރާއްޖޭގައި އުޅެމުން އައި ތިން ބިދޭސީއަކު އަތުލައިގަނެފި
ޔޫޝައު ހަސަން | 13 ސެޕްޓެމްބަރ 2025

ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އައި ތިން ބިދޭސީއަކު އަތުލައިގަނެފިއެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ އިމިގްރޭޝަން ޓާސްކް ފޯހުން މާފަންނުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ރޭ އިމިގްރޭޝަން ޓާސްކް ފޯހުން މާފަންނުގައި ހިންގި ހާއްސަ ބަލައި ފާސްކޮށްފައިވެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އެތަން ބަލައި ފާސްކޮށް ސައްހަ ވިސާއެއް ނެތި ދިރިއުޅެމުންދިޔަ 2 ފިރިހެނުންނާއި 1 އަންހެނުން ހައްޔަރުކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ނާޖާއިޒު ގޮތުގައި އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގެ މަގްސަދަކީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އެފަދަ ފަރާތްތަކުގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަކީ ވެސް މި މަސައްކަތްތަކުގެ މައިގަނޑު އަމާޒެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް