ޝަރުޢީ ދާއިރާގައި މޫނު އަޅައިގެން މަސައްކަތް ކުރެވޭ ގޮތް ހަދައިފި
ޔޫޝައު ހަސަން | 01 ސެޕްޓެމްބަރ 2025

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް އަލުން ޖުޑީޝަލް އޮނިގަނޑު ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަދަލުކޮށްފިއެވެ.

އެގޮތުން ޝަރުއީ ދާއިރާގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ހިދުމަތަކަށްވެފައި ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތްތަކަށް އެމީހަކު ފާހަގަކޮށް އެނގެން ޖެހޭނެކަމަށް ބުނެ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މޫނު ބުރުގާ ނޭޅޭގޮތަށް ގަވާއިދު އިސްލާހު ކުރީ، 2011 ވަނަ އަހަރުއެވެ.

އެގޮތުން 2011/129 އިސްލާހު އަލުން އެކުލަވާލައި ބުނެފައިވަނީ، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން މި މާއްދާގެ (ހ) އިން ހުރަސް ނާޅާ ކަމަށެވެ.

އެހެން ނަމަވެސް މަސައްކަތުގެ މާހައުލުގެ ތެރެއިން މިފަދަ ހެދުން އަޅާ މުވައްޒަފުންނަކީ ކާކުކަން، ކަށަވަރުނުވެއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް އިސްހާލުގައި ވެއެވެ.

މީގެ ކުރިން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ. މިގޮތުން މީގެ ކުރިން މިފަދަ ކަންކަމުގައި ވަޒީފާއިންވެސް ވަކިކޮށްފައި ވެއެވެ. އަދި ވަޒީފާ ދިނުންވެސް ހުއްޓުވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް