އއ އުކުޅަހުގައި ފިރިހެނަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
އެގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ކަން ކޮށްފައި ވަނީ، އުމުރުން 26އަހަރުގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.
އެގޮތުން މި މައްސަލަ ރޭ 22:20 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އަނިޔާވި މީހާއަށް އުކުޅަހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ މީހާގެ ހާލު ސީރިއަށް ނޫންކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައި ހަމަލާދިން މީހާ ފުލުހަށް ހާޒިރުކުރި ނަމަވެސް ފަހުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ގުޅުންހުރި ލިޔުންތައް