އަނެއްކާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ މޫސުން ގޯސްވުުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެެމެދުގެ ސަރަހައްދުތަކަށެވެ.
އެ އިދާރާއިން ބުނީ، ހުދު ސަމާލުގެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
އެގޮތުން ކުރިއަށް އޮތް 24 ގަޑި އިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.