މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާސްޕޯޓްގެ ހިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، ހދ. މަކުނުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހދ. ގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަކުނުދޫއަސް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން މި ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ދާހިލީ ކަންކަމާއި ބެހޭ ވަޒީރު، އަލީ އިހުސާނެވެ.
މަކުނުދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށި އިރު މިހާރުވެސް އެ އަތޮޅު ކުޅުދުއްފުށީ ސިޓީން އެ ހިދުމަތް ލިބެއެވެ.
ގުޅުންހުރި ލިޔުންތައް