ވަޒީރު ފެންވަރުގެ ފިނޭންސް މިނިސްޓަރުގު އެޑްވައިޒަރަކަށް ހަމްދޫން!
ޔޫޝައު ހަސަން | 26 އޯގަސްޓް 2025

ވަޒީރެއްގެ ފެންވަރުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރަކަށް ރައީސް މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރައްވާފައިވާ ހަމްދޫން އަބްދުﷲ ހަމީދު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން ހަމްދޫން އައްޔަން ކުރައްވާފައިވަނީ ދާދި ފަހުން ފިނޭންސް މިނިސްޓްރީއާއި އެެއްކޮށްލައި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ  ނެޝަނަލް ޕްލޭނިންގެ މަސައްކަތްތަކުގެ އެޑްވައިޒަރަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ސަރުކާރުން ހަމްދޫން މަގާމަށް އައްޔަންކުރެއްވި ސީދާ ދުވަހެއް, އަދި މުސާރައާއި އިނާޔަތުގެ ގޮތުގައި ދެއްވާ އަދަދުތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރައްވަވައެވެ.

މި ސަރުކާރުން ފުރަތަމަ ކެބިނެޓް އެކުލަވާލިއިރު ނެޝަނަލް ޕްލޭނިންގެ ޒިންމާތައް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާއެވެ. ނަމަވެސް، އެ މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު, ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށް ފަހު, ޕްލޭނިންގެ ޒިންމާތައް ވަނީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް