މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޔޫޝައު ހަސަން | 24 އޯގަސްޓް 2025

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާ ހިނގައިފައި ވަނީ، އެ އެޕަރޓްމަންޓްގެ ބެލްކަނީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެގެން ކަމަށެވެ.

އެގޮތުން މި ހާދިސާ ހިނގައިގެން އުޅޭ ކަމުގައި މައުލޫމާތު މިއަދު ހެނދުނު 7:43 ހާއިރު ލިބިފައިވާކަމަށާއި އެވަގުތު އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެކްސިއު ޓީމުން އެ ތަނަށް ގޮސް ކުރެވުނު މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 7:59 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން އެ އެޕަރޓްމަންޓްގައި ދިރިއުޅުނު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން   ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހަރަދު ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް