މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވެލޮޕްމަންޓް އޮފީހުން ފަސް ލެޕްޓޮޕް ވަގަށް ނަގައި ވިއްކާލި މައްސަލައެއްގައި އެކަން ކުރި މީހާގެ މައްޗަށް ނުވަ މަސްދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ތ. ގާދިއްފުށީ، މިރިޔާސްގޭ ހަސަން ޝަކީބްގެ މައްޗަށެވެ.
މި މައްސަލައިގެ ހުލާސާގައި ވާގޮތުން ހަސަން ޝަކީބް ވަނީ އޭނާ ވަގަށް ނެގި ލެޕްޓޮޕްތައް އެންމެ 1،700ރ. އަށް މީހަކަށް ވިއްކާލައިފައެވެ.
މި މައްސަލައިގައި ހަސަން ޝަކީބްގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ދަށުން، ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާ ހަތް މަސް ދުވަހަށް ޖަލަށް ލުމުގެ އަދަބު އޮވެއެވެ. ނަމަވެސް، ޝަކީބް އޭނާގެ މައްޗަށް ކުރި ކުށްތަކަށް ކޯޓުގައި އިއުތިރާފްވެފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ލުއިކޮށް، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.