މަރާމާތުގެ މަސައްކަތަށް ސަލްޓަން ޕާކު ތިން މަހަށް ބަންދު!
ޔޫޝައު ހަސަން | 21 އޯގަސްޓް 2025

މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ސަލްޓަން ޕާކު މަރާމަތު ކުރިއަށް އޮތް ތިން މަސްދުވަހަށް ބަންދުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ދަށުން ބަލައްޓަމުން އައި ސަލްޓަން ޕާކް ބެލެހެއްޓުމުގެ ޒިންމާތައް އެ ކައުންސިލުން އެންމެ ރަނގަޅަށް ކުރިއަށް ނުގެންދާކަމަށް ބުނެ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ޕާކާ ހަވާލުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމްކުރި ސަޕްޓަން ޕާކްގެ މަރާމާތުތައް ރަނގަޅަށް ކުރިއަށް ނުގެންދިއުމުގެ ސަބަބުން އެ ޕާކް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.

ގުޅުންހުރި ލިޔުންތައް