މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އއ. މާޅޮހު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހު މިހާރު ވަޅުލައިފައި ވާއިރު އޮޓޯޕްސީގެ ވަގުތީ ރިޕޯޓުންވެސް ދައްކައިފައި ވަނީ އޭނާ މަރުވެފައި ވަނީ، ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަމަށް ފުލުހުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.
އެގޮތުން އަބްދުރަހްމާނުގެ މަރަށް 1 މަހަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، އެ މީހުންގެ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.