ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭ މޭރުމަކުން ޕޯޓްކުރި މީހަކު ހައްޔަރުކޮށްފި
ޔޫޝައު ހަސަން | 21 އޯގަސްޓް 2025

މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހްތިޖާޖް ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ޕޯސްޓްކޮށް އަޑު އުފުލި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ސ،ހިތަދޫ / އަތަމާވިލާ، އުމުރުން 29 އަހަރުގެ އަލީ ޢާނިމް މުފީދެވެ.

އޭނާގެ އެކްސް އެކައުންޓުގައި ސަރުކާރާއި ދެކޮޅަށް ބޮޑެތި ޕޯސްޓްތަކެއް ކުރުމުގެ އިތުރުން މުޒާހަރާ ކުރުމުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން ކުރުމަށް ބާރު އަޅައި ހިތްވަރު ދޭ އެކި ވަހަކަތައް ވެސް ލިޔެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް