ކޮފްސީ ސިރަޕް ބޭނުން ކުރުން މަނާކޮށްފި
ޔޫޝައު ހަސަން | 20 އޯގަސްޓް 2025

ކެއްސުން ރަނގަޅުކުރުމަށް ޑަކްޓަރުންދޭ، ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުން ކުރަމުން އަންނަ ”ކޮފްސީ ސިރަޕް“ ރާއްޖެއަށް އެތެރެކޮށް، ވިއްކައި އަދި ބޭނުންކުރުން މަނާކޮށްފިއެވެ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރީ، ކޮފްސީ ސިރަޕްގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އެހެންކަމުން އެއްވެސް ފާމަސީއެއްގައި ނުވަތަ އެހެންވެސް ތަނެއްގައި އެ ބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

މީގެ އިތުރުންވެސް އެމްއެފްޑީއޭއިން ވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގައްޔާއި ގުދަންކުރުމުގައި ކަމާ ބެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް