ގަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓެއް އަތުލައިގަނެފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފް އިން ބުނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ ބޯޓު ހިފެހެއްޓި އިރު އޭގައި ހަ މީހުން ތިބި ކަމަށެވެ.
އޭގެ އިތުރުން އެމްއެންޑީއެފުން ބުނެފައިވަނީ، އެ ބޯޓު ހިފަހައްޓައިފައި ވަނީ، ކ. ދިއްފުއްޓާ ދިމާ އިރުމަތިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުންކަމަށާއި އެ ބޯޓު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.
ގުޅުންހުރި ލިޔުންތައް