އެޗްއާރސީއެމް އަށް ޝަފީގް އައްޔަން ކުރުމަށް ފާސްކޮށްފި
ޔޫޝައު ހަސަން | 18 އޯގަސްޓް 2025

އެޗްއާރސީއެމްގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް އަންޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލިހަށް ނަން ފޮނުވި ދެ ބޭފުޅުންގެ ތެރެއިން އެޗްއާރުސީއެމްގެ މެމްބަރު ކަމަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު މަޖިލިހަށް ރައީސް ފޮނުއްވީ، ހ ސޯސަން، ފާރިޝް ތޯހާއާއި މ ޕޮޕީ މުހައްމަދު ޝަފީގް މަމްދޫހެވެ. އެ ދެބޭފުޅުންގެ ނަންތައް ދިރާސާކުރެއްވުމަށްފަހު ކުރެވުނު އިންޓަރވިއު ނިންމައި މިއަދު ރައްޔިތުންގެ މަޖިލިހުގެ  ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިހަށް ހުށަހަޅައިފައެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި އިންޓަވިއުއިން މުހައްމަދު ޝަފީގް މަހްމޫދަށް 83 މާކްސް ލިބިވަޑައިގެންނެވި އިރު ފާރިޝް ތޯހާއަށް ލިބިވަޑައިގެންނެވީ 53 މާކްސްއެވެ.

ޝަފީގުގެ ނަން މަޖިލިހުން ފާސްވީ 63 މެމްބަރުންގެ ވޯޓުންނެވެ. ޝަފީގުގެ ނަން ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓް ނުދެއްވައެވެ.

ގުޅުންހުރި ލިޔުންތައް