ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެން ވަޢުދުފުޅުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހެދުމަށް މަގުގެ އެއްފަޅި ބަންދުކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް 2025 އޮގަސްޓް 18 އިން ފެށިގެން އިކްޓޫބަރު 2025 ގެ ނިޔަލަށް އެ މަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ވެގެން ދާނީ ފުޅާކޮށް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށްކަމަށާއި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިގެން ދާނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެެވެ.