ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އީމާރާތްކުރުމުގެ މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްބަސް ވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ރެކްޓަރު ހާމިދު ޔޫސުފެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.
މި ހިނގާ އޮގަސްޓްމަހުގެ ތެރޭގައި ފަށާ، ކުރިއަށް އޮތް 11 ވަރަކަށް މަސް ތެރޭ ނިންމުމަށް ކަނޑައަޅައިފައިވާ މި މަސައްކަތުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗާ ވެސް ލެވިފައި ހުންނާނެ ކަމަށް އެޓޯލްސް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ބާވުމުގެ ސަބަބުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން މީގެ ކުރިން މި މަޝްރޫޢުވަނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެން ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށްބުނެ އެ އެއްބަސްވުން ވަނީ ބާޠިލްކޮށްފައެވެ.