ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކާއި ދިވެއްސެއް ހައްޔަރުކޮށްފި
ޔޫޝައު ހަސަން | 12 އޯގަސްޓް 2025

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނީ ސްޕެއިންއަށް ނިސްބަތްވާ  ޕެޑްރޯ މިގްއެލް މަންޒާނޯ އެންގޯސްޓޯ ކިޔާ މީހަކާއި އެމީހާ ބަލައިދިޔަ ދެކުނުގެ ރަށަކަށް ނިސްބަތްވާ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ، ސްޕެއިންގެ މީހާގެ ބަންދަށް 5 ދުވަސް އަދި ދިވެހި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހޮލެންޑްގެ ޒުވާން އަންހެނަކު ވެސް މި ހަފުތާގައި ހައްޔަރުކޮށްފައިވެއެވެ. އެއީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.

އޭނާގެ ބަންދަށް މި ހަފުތާގައި 15 ދުވަސް ޖަހާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ގުޅުންހުރި ލިޔުންތައް