ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ބަރު ސްޕީޑުގައި ކާރު ދުއްވައި ގަސްތުގައި ފުލުހުންގެ ސައިކަލެއްގައި ކާރު ޖެއްސި މައްސަލައެއްގައި އެ ކާރުގައި ތިބި ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑު ކުރަން ފުލުހުން ބުނުމުން، މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކަކާއި ފޭސް ދޭއްގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ފުލުހުންގެ ސައިކަލުގައި އެ ކާރުން ޖައްސައި ވައްޓާލާފައިވާ ކަމަށެވެ. އަދި އެހާދިސާގައި އެ ސައިކަލުގައި ތިބި ދެ ފުުހުހުންގެ ތެރެއިން އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން އެ ކާރު ހިފަހައްޓައި ކާރު ދުއްވަން އިން ފިރިހެން މީހާއާ އާއި ކާރުގައި އިން އަންހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ދެމީހުންގެ ވަނަވަރު މިހާތަނަށް ހާމަނުކުރި ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.