މާލޭ ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުރި ސްޓެލްކޯ ސަބްސްޓޭޝަން ތެރެއަށް ބަޔަކު ވަދެ އެ ސަބްސްޓޭޝަންގެ ކޭބަލްތަކެއް ބުރިބުރި ކޮށްލައިފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، މިކަން ހިނގައިފައި ވަނީ ރޭ އިރާކޮޅު 21:46 އެހާކަންހާއިރު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި ލިޔުންތައް