ހދ. ކުމުންދޫ ކައިރިން ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ދެމީހެއްގެ ހާލު ސީރިއަށް ވެގެން ފަރުވާދެމުން އަންނަނިކޮށް އެތަނުން އެކެއް ނިޔާވެއްޖެއެވެ.
ހަތަރު މީހުންނާ އެކު ދަތުރު ކުރަނިކޮށް، އެރަށް ކައިރިން ބަންޑުން ޖަހާލި އެ ދޯނިން ކަނޑުވި މީހުން ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފްގެ ފަރާތުންނެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ހެނދުނު 08:45 ހާއިރު ލިބިފައިވާކަމަށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވަނީ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ދެމީހުންގެ ތެރޭގައި ހިމެނޭ 66 އަހަރުގެ ފިރިހެން މީހާއަސް ފަރުވާދެމުން އަންނަނިކޮށް 10:30ހާއިރު ނިޔާވެފައިވާ ކަމަށެވ
ގުޅުންހުރި ލިޔުންތައް