ރާއްޖެ ރިޒޯޓު ލީގު – ފޯމުގައި ކުޅެ ޑަބްލިޔު މޯލްޑިވްސް އިން ލިލީ ބީޗްވެސް ބަލިކޮށްފި
ޔޫޝައު ހަސަން | 05 އޯގަސްޓް 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ ހަތަރު ވަނަ ޒޯންގެ ހަތަރުވަނަ މެޗްގައި ރަނގަޅު ފޯމެއްގައި ކުޅެ ޑަބްލިޔު މޯލްޑިވްސް އިން ލިލީ ބީޗްވެސް ބަލިކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ ޑަބްލިޔު މޯލްޑިވެސް އިން ވަނީ އިތުބާރާއެކު ކުޅެ ލަކްސް މޯލްޑިވްސް ވެސް ބަލިކޮށްފައެވެ.

ރޭގެ މެޗް ޑަބްލިޔު މޯލްޑިވްސް އިން ކާމިޔާބުކުރީ، 25-06، 25-13 އަދި 25-09 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ޑަބްލިޔު މޯލްޑިވްސްގެ ޖަރސީ ނަމްބަރު 12 އަބްަދުﷲ މުހައްމަދު ނައީމެވެ.

ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އދ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

ގުޅުންހުރި ލިޔުންތައް