ހައިކޯޓަށް އައްޔަން ކުރުމަށް ނަން ހުށަހެޅި ޝަހީދުގެ ނަން ނަންގަވައިފި
ޔޫޝައު ހަސަން | 03 އޯގަސްޓް 2025

ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ނަން ހުށަހަޅާފައިވަނިކޮށް މުހައްމަދު ޝަހީދުގެ ނަން ނެންގެވުމަށް އެބޭފުޅާ އަމިއްލައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން މަހާޒް އަދި އަޒްމިރަލްޑާ ވަކިކުރުމުން އެ މަގާމު ހުސްވެ ކުރިމަތިލުމަށް ހުޅުވާލު ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި 18 މީހުންގެ ތެރެއިން އެ ކޯޓަށް އައްޔަން ކުރުމަށް ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހު 30 ގައެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން މުހައްމަދު ޝަހީދަކީ މި ފަހާ ޖެހެންދެން ވެސް މި ސަރުކާރުގެ ސިޔާސީ މަގަމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ބުނެ ގިނަ ގިނަ ބަޔަކު އަންނަނީ ސަރުކާރާއި ޖޭއެސްއީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ މިދިޔަ މަހު 10 ވަނަ ދުވަހު، ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލީ އެ ދުވަހެވެ.

އެގޮތުން މިރޭ މަގާމުގެ ހުވާކުރެއްވުމަށްވެސް ތާވަލު ކުރެވިފައި އޮއްވައި ޝަހީދު އަމިއްލަ ފުޅަށް ވަނީ ޖުޑިޝަރީއަށް އޮތް އިތުބާރު ދަމަހައްޓަވަން ކަމަށްބުނެ އަމިއްލަފުޅަށް ނަން ނަންގަވައިފައެވެ.

ގުޅުންހުރި ލިޔުންތައް