ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މުބީން މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް މުބީން މަގާމުން އިސްތިއުފާ ދެއްވިކަން ވަނީ ކުންފުނީގެ މީސް މީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފައެވެ.
ބީން އިސްތިއުފާ މި ދެއްވީ، ގެއްލުމުގައި ހިންގަމުން އަންނަ އާރުއޭސީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގުޅުންހުރި ލިޔުންތައް